ރައީސް ނަޝީދުގެ މައްސަލަ އަލުންދިރާސާކުރުން ފާޑެއްގެ އަރަތެއް.!

nasheed222
ކުރީގެ ރައިސް ނަޝިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ މީގެ 3 އަހަރުފަހުން އަނެއްކާވެސް ދިރާސާ ކުރުން އެއީ ފާޑެއްގެ އަރަތެއްގެ ގޮތުގައި މިހާރު ސިފަވާން ފަށައިފިއެވެ.
އެމަސައްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔައީ މައްސަލަ އިތުރަށް ދިރާސާކުރަން ކަމަށް ބުނެއެވެ. އެކަން ޕްރޮސިކުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް، ސީދާ ބުނެދީފައި ނުވި ނަމަވެސް އެ މައްސަލަ ކުއްލިއަކަށް ކޯޓުން ނެރުނީ މިފަދަ ބަހަނާއަކަށް ފަހުގައި ކަން ވަނީ އެނގިފައެވެ.
މިމައްސަލަ ކުއްލިއަކަށް ކޯޓުން ނެރެން ނިންމި އިރު މައްސަލައިގައި ދައުވާ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެކަނިނޫންކަމަށް ވުމީވެސް މިމައްސަލަ އިތުރަށް ކުރިއަށް ނުނެގެންގޮސް އަލުންދިރާސާކުރަންޖެހިދާނެކަމެއްކަމަށް ބެލެވެއެވެ. ރައީސް ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނަރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި، ކުރީގެ ބްރިގޭޑިއަ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް ދީދީއާއި، ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށްވެސް މިމައްސަލާގައި ވަނީ ދައުވާ އުފުލާފައެވެ.
މިމައްސަލަ ކޯޓުން ބޭރުގައި ނިންމުމަށް ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލައިފާވާއިރު ، އަދި އެގޮތަށް މިހާރު އެގޮވާލައްވާ ސީޔާސީ ބޭފުޅުން މީގެކުރިން ރައީސް ނަޝީދު ދިގުމުއްދަތަކަށް ހައްޔަރު ކުރަން ޖެހޭކަމަށް ވިދާޅުވެފައިވާއިރު އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އެހުރިހާ ބޭފުޅުންގެ މައްޗަށްވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ޚިލާފަށް ގަސްދުގައި ހިފާ ހައްޔަރު ކުރުމުގެ ދައުވާއެވެ. އެކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ދެހާސް ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. މިފަދަ ހުކުމެއް އެފަދަ ސިޔާސީ ބޭފުޅަކަށް އަތުވެއްޖެނަމަ ދެންވާނެގޮތްވެސް އެންމެ ރަގަޅަށް އެނގިލައްވާނީ …….. ތާއެވެ.
2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަޑު އެހުންތައް ފެށުމަށްފަހު މި ދައުވާތައް ދިރާސާ ކުރަން އަނބުރާ ގެންދިޔައިރު މިދައުވާ އާއި ދެކޮޅު ހެދުމުމުގެ ގޮތުން ޤާނޫނުއަސާސީ ގެ ދިފާޢުގައި ކަމަށްބުނެ ސިޔާސީ އިދިކޮޅު އެންމެ ބޮޑު ދެޕާޓީން ޖޭޕީ އާއި، އެމްޑީޕީން ވަނީ ސިލްސިލާ މުޒާހަރާ ތަކެއްވެސް ފަށާފައިކަން ވެސް އެންމެންނަށް އެބައެނގެއެވެ. އަދި ހަމައެހެންމެ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގައި އެންމެ އިސްސަފުގައި ތިއްބެވި ބޭފުޅުން މިހަރަކާތްތަކުގައިވެސް އެނެމެ ކުރީސަފުގައި ތިއްބެވިކަންވެސް ޚުދު ސަރުކާރުވެސް ދަންނާނެ ތާއެވެ.
ކޮންމެއަކަސް މާދަމާއަކު އަނެއްދުވަހަކު ހުކުމް ކުރާ ހިސާބުގައި އޮތް މިމައްސަލަ ކުއްލިއަކަށް އަންބުރާ ގެންދިއުން ސިފަވެގެން މިދިޔައީ ސިޔާސީ މަޝްރަޙް ދިރާސާ ކުރާ ގިނަބޭފުޅުންނަށާއި، އެޝަރީޢަތުގެ ނިމުން އަޑުއަހާލުމަށް އިންތިޒާރުކޮށްކޮށް ތިބި ގިނަބަޔަކަށް ވަރަށް ފާޑެއްގެ އަރަތެއްގެ ގޮތުގައެވެ. މިކަމުގެ އާޚިރު ނަތީޖާއަކީ އަދި މިއީ ނޫންކަމުގައިވެސް ވެދާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz