ރައީސްނަޝީދުއަށް އިއްވި 13 އަހަރު ދުވަހުގެ ޖަލުޙުކުމް އަހަރެމެން ބަލައެއް ނުގަންނަން – ވަކީލުން

nasheed
ރޭ ކްރިމިނަލް ކޯޓްގައި ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ދުވަހުގެ ޖަލުޙުކުމަކީ އިންސާފުން ކުރެވިފައިވާ ޙުކުމެއް ނޫންކަމަށާޢި، އެޙުކުމުން ބަލައިނުގަންނަކަމަށް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ. އަދި ހުކުމް ކުރުމުން އެމައްސަލަ އިސްތިއުނާފުކުރަން ވެސް ވަނީ ޤާނޫނީ ޓީމުން ނިންމައިފައެވެ.
ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ، ކުރިމިނަލް ކޯޓުން މިރޭ ކުރި ހުކުމް ހައިކޯޓްގައި އިސްތިއުނާފުކުރަން ނިންމައި، އެމަސައްކަތް ކުރަމުންގެންދާކަމަށެވެ.
“ރައީސް ނަޝީދުގެ ހުކުމް އިސްތިއުނާފް ކުރުމަށް ތައްޔާރުވަމުން އަންނަނީ. އަދި ވަރަށް އަވަހަށް އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނަށް،” ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހަސަން ވިދާޅުވިއެވެ.
އެޓީމްގައި ހިމެނިވަޑައިގަންނަވާ، އަހުމަދު އަބްދުﷲ އަފީފު ވެސް ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް އެ ޓީމަށް ލިބުމާއެކު އިސްތިއުނާފަށް ކޭސް ފައިލް ކުރަން މަސައްކަތް ކުރައްވާނެކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން ހައްޔަރުކުރި އިރު ނަޝީދަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށް ވާތީ އެމައްސަލައިގައި ނަޝީދު ކުށްވެރިވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އިސް މޭސްތިރިޔަކީ ނަޝީދު ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ހުކުމްގައި ބުނެ އެވެ.
ނަޝީދުއަށް ޙުކުމް އިއްވުމާއި ގުޅިގެން އެމްޑީޕީގެ މުޒާހަރާވަނީ އިހުނަށްވުރެ ވަރުގަދަކޮށްފައެވެ. އަދި ނަޝީދު މިނިވަން ވުމާއި ހަމައަށް އެމީހުންގެ ޙަރަކާތްތައް ކުރިއަށްގެންދާނެކަމަށްވަނީ ރޭ އަންގާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz