ރައީސުލްޖުމްހޫރިއްޔާ ކުވައިތުގެ ޕާލަމެންޓްގެ ކުރީގެ މެންބަރެއް ކަމުގައިވާ ޑޮކްޓަރ ޙަމަދު އަލް ތުވައިޖްރީއާ ބައްދަލުކުރައްވައިފި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުވައިތުގެ ޕާލަމެންޓްގެ ކުރީގެ މެންބަރެއް ކަމުގައިވާ ޑޮކްޓަރ ޙަމަދު އަލް ތުވައިޖްރީއާ މިއަދު ބައްދަލުކުރެއްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ތުވައިޖްރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކުވައިތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވައި މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ. މި ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ކުވައިތުން ރާއްޖޭގައި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންވެސްޓަރުންގެ ސަލާމަތާއި ޔަޤީންކަން އިތުރުކުރެވޭފަދަ މާޙައުލެއް ރާއްޖޭގައި އުފެދިފައިވާ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު އަސަރުކޮށް ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz