ރަންބޫޓް ހޯދުމުގެ ރޭހުގެ ކުރީގައި ހަމަ ސަމައްޓޭ އާއި ޖަވާ

javsamattayލަންދޫގައި ދެވޭ އެންމެ ގިނަދުވަސްވީ އަދި އެންމެ ޝަރަފްވެރި އެވޯޑުކަމުގައިވާ “ލަންދޫއިންފޯ އެވޯރޑު” އެންމެގިނަ ގޯލްޖަހާ ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންނަކީ ވޭތުވެ ދިޔަ އަހަރުތަކުގައިވެސް މި އެެވޯރޑަށް އެންމެ ބޮޑަށް ވާދަކުރި ލަންދޫ ޓީމުގެ ހުނަރުވެރި ފޯވާޑު މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އާއި ލަންދޫޓީމުގެ ކާމިޔާބު ކެޕްޓަން ހުސެއިން ޖަވާދު (ކެޕްޓަން ޖަވާ ) އެވެ.

2009 ވަނަ އަހަރު ތަޢާރަފް ކުރެވުނު “ލަންދޫއިންފޯ އެވޯޑު” ނައިޓް 2014 ވަނަ އަހަރުން ފެށިގެން ދެއަހަރުން 1 އަހަރު ދޭ ގޮތައް ހަމަޖެހިފައިވާއިރު ، 2015 އިން 2016 ގެ މިހާ ހިސާބަށް ކުޅެފައިވާ ވާދަވެރި މުބާރާތްތަކާއި އަދި  އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު ލަންދޫ ޓީމުން މުޅިޖުމުލަ 79 ގޯލް ކާމިޔާބުކޮށްފައި ވާއިރު، ސަމައްޓޭ ވަނީ ޖުމުލަ 24 ގޯލް ލަންދޫޓީމަށް ކާމިޔާބު ކޮށްދީފައެވެ. މި މުއްދަތުގެ ތެރޭގައި ކެޕްޓަން ޖަވާ ލަންދޫ ޓީމަށް 16 ގޯލް ކާމިޔާބު ކޮށްދީފައިވެއެވެ.

މި އަހަރު އަދި ކުރިއަށް ހޮލިޑޭކަޕް އޮތުމާއި އެކު ލަނޑު ލިސްޓަށް ބޮޑު ބަދަލުތަކެއް އައުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ranbootމިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ލަންދޫއިންފޯ އެވޯރޑް ނައިޓް ” ވެގެންދާނީ ހުރިހާ ގޮތަކުންވެސް ތަފާތު ހަމަ އެކަނި ކުޅިވަރު ކުޅުންތެރިންގެ އަގު އެކަނި ވަޒަން ކުރާ އެވޯޑުނައިޓަކަށް ނޫނެވެ. މީގެ ބަދަލުގައި ލަންދޫއަށް ރީތިނަމާއި ޝަރަފް ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ އިތުރުން އިޖުތިމާއީ ގޮތުން ލަންދޫއަށް ފައިދާހުރި މަސައްކަތްތައްް ކޮށްދެއްވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯރޑު ދެވޭ ޚާއްޞަ ހަފްލާއަކަށްވެސް މެއެވެ.

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ލަންދޫއިންފޯއެވޯޑު ނައިޓް ” ސްޕޮންސަރ ކުރުމަށް ބައެއް ފަރާތްތަކުން ޝަޢުޤުވެރިކަން ފާޅުކުރަމުންދާއިރު “ލަންދޫ އިންފޯ ” ޓީމުން އަންނަނީ މި އެވޯޑް ހަފްލާއަށް ވާންޖެހޭ ތައްޔާރީތައް ދުރާލާ ވަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz