ނ.ލަންދޫ ހީނާމާގެ އައިޝަތު މުޙައްމަދު ނިޔާވެއްޖެ.

ނ.ލަންދޫ ހީނާމާގެ އައިޝަތު މުޙައްމަދު މިއަދު ނިޔާވެއްޖެއެވެ. އައިޝަތު މުޙައްމަދު ނިޔާވީ ގިނަދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު މުސްކުޅިބަލީގައި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އަލްމަރުޙޫމާ އައިޝަތު މުޙައްމަދު ނިޔާވިއިރު ދުނިޔޭގައި އަންހެން ދަރިއަކާއި، 3 ފިރިހެން ދަރިން އެބަތިއްބެއެވެ.

ޖަނާޒާގެ ކަންތަކަށްފަހު މަރުޙޫމާ އައިޝަތު މުޙައްމަދު ވަޅުލައިފާވަނީ ހުޅުމާލޭ ސަހަރާގައި މިރޭ އިޝާނަމާދަށްފަހުއެވެ.

އަލްމަރުޙޫމާ އައިޝަތު މުހައްމަދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ދަނޑުމަތީގެ އިދުރީސް ޢުމަރު ނިޔާވެއްޖެ.

ނ.ލަންދޫ ދަނޑުމަތީގެ އިދިރީސް ޢުމަރު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ގިނަދުވަސްތަކެއްގައި ބަލިވެ އުޅުމަށްފަހު ރޭ މެންދަމުން އަލިވެ 12:05 ހާއިރު …