ކޭބަލް ވަޅުލުމަށް މަގު ކޮނެފަ ---------- ފޮޓޯ:ލޭފަވެތި

ނ.އަތޮޅު ހަސްފަތާލުގެ ކަރަންޓު ހާލަތު ރަނގަޅުކުރުމަށް ކޭބަލެއް އަޅަނީ

ނ.އަތޮޅު ހަސްފަތާލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް، އިންޖީނުގެއިން ފެށިގެން ކޭބަލެއް އަޅަން ފަށައިފިއެވެ. 700 މީޓަރަށްވުރެ ދިގު، 150މމ ގެ މިކޭބަލް އަޅަނީ އިންޖީނުގެއިން ނިކުމެގެން، މަަނަދޫ ބަނދަރުމަގުން ހުޅަނގަށް ގޮސް، އާމަގުން ދެކުނަށް ގޮސް، ހަސްފަތާލުގެ ދެކުނު ފަރާތުންނެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އަތޮޅު ހަސްފަތާލުގެ މެނޭޖަރު، އަބްދުއްރަހްމާން ޞަބީހް ވިދާޅުވި ގޮތުގައި، ކަރަންޓް މައްސަލައަކީ އަތޮޅު ހަސްފަތާލުގެ ހިދުމަތްތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައެވެ. އަދި މިކަން ހައްލުކުރުމަށް 2016 ވަނަ އަހަރުންފެށިގެން ދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް، ފެނަކަ މަނަދޫ ބްރާންޗުންފެށިގެން ހަސްފަތާލަށް ސުރެންސުރެން ކޭބަލެއް އަޅަން ނިންމުނު ކަމުގައެވެ.

ކޭބަލް ވަލުލުމަށް މަގު ކޮންނަނީ ——- ފޮޓޯ:ލޭފަވެތި

ކޭބަލް އެޅުމާއެކު 2 ހިދުމަތެއް ފެށިގެންދާނެކަމުގައި ޞަބީހް ވިދާޅުވިއެވެ. ” ކޭބަލް އެޅުމާއެކު ޑިޖިޓަލް އެކްސްރޭ އަދި ތެލެސީމީއާ ޓެސްޓްގެ ހިދުމަތް ފެށިގެންދާނެ”.

މީގެއިތުރުން ތައިރޮއިޑް ޓެސްތް އަދި އެތެރެހަށީގެ ބަލިތަކަށްހާއްސަ ޑަކްޓަރެއްގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ފެށިގެންދާނެ އެވެ. އަދި ދަތުގެ ބަލިތަކުގެ ފަރުވާ ފެށުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ޞަބީހް ވިދާޅުވިއެވެ.

ނ.އަތޮޅު ހަސްފަތާލުގެ ހިދުމަތް ހޯދުމަށް، ކޮންމެ ދުވަހަކުވެސް އަތޮޅު ރަށްރަށުގެ ގިނަބަޔަކު މަނަދުއަށް ދަތުރުކުރެއެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅު ހަސްފަތާލަށް ޑްރައިވަރަކު ހޯދަނީ

ނ.އަތޮޅު ހަސްފަތާލަށް ޑްރައިވަރަކު ހޯދަން އިއުލާނުކޮށްފިއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުހުރި، ގާބިލު މީހެއްކަމުގައި އެ ހަސްފަތާލުން ހާމަކުރައްވައެވެ. …

ޚިޔާލެއްދެއްވާ

avatar
ޔޫސުފް ރަމީޒް
ޔޫސުފް ރަމީޒް

އެޓޯލް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުވުމަކީ އެއީ ރަނގަޅު ފާލެއް. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއެކު އެތައް ވަޒީފާތަކަކާ އިގްތިސާދި ފުރުސަތުތައް ހުޅުވިގެންދާނެ. އަދި މިއަހަރު މަނަދޫ މަގުތަކުގައި ތާރުއަޅާ، އިތުރު ފުލެޓްސް ތައް އަޅާ، ގިނަބަޔަކަށް މަނަދޫގައި ވަޒަންވެރިވެވޭނެ މަގު މިސަރުކާރުން ފަހިކޮށްދޭނެ. ނ.އަތޮޅު މަދަރުސާގެ 4 ބުރީގެ އިމާރާތާއި، ފެރީޓާމިނަލް އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އާއެކު 2025ގައި މަނަދޫ ސިޓީއަކަށް ބަދަލުވާނެއެވެ.