ނ.އަތޮޅުގެ ހުރިހާ ދާއިރާއެއްގެ އަތޮކައުންސިލް ގޮނޑި ޕީޕީއެމްޑީއޭ ކޯލިޝަނުން ނަގާނަން – ޢައްބާސް

މުޙައްމަދު ޢައްބާސް ( ހިތްވަރުގަދަ ސިޔާސީ ޒުވާނެއް )
މުޙައްމަދު ޢައްބާސް ( ހިތްވަރުގަދަ ސިޔާސީ ޒުވާނެއް )

މާތްﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު ނ.އަތޮޅުގެ ހުރިހާ ދާއިރާއެއްގެ އަތޮކައުންސިލް ގޮނޑި ޕީޕީއެމްޑީއޭ ކޯލިޝަނުން ނަގާނެ ކަމުގައި އެމްޑީއޭ ކައުންސިލްގެ މެމްބަރ އަލްފާޟިލް މުހައްމަދު ޢައްބާސް ބުނެފިއެވެ.

ޢައްބާސް މިހެން ބުނެފައިވަނީ އޭނަގެ ރަސްމީ ފޭސްބުކު ޕޭޖްގައެވެ. ޢައްބާސް ގެ ސްޓޭޓަސްގައި އިތުރަށް ބުނެފައިވަނީ އަތޮޅު ކައުންސިލް ގެ ގޮނޑިތަކުގެ އިތުރުން ނ.އަތޮޅުގެ ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލް ތަކުގެ މެޖޯރިޓީވެސް އެމްޑީއޭ ޕީޕީއެމް ކޯލިޝަނަށް ﷲ އިރާދަ ކުރެއްވިއްޔާ ލިބިގެންދާނެކަމަށެވެ.

ޢައްބާސަކީ ނ.ވެލިދޫގައި އެމްޑީއޭ ތަމްޞީލް ކުރުމުގެ އިތުރުން އަދި ނ.އަތޮޅުގައިވެސް އެމްޑީއޭ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަރުގަދަ ބާރެކެވެ. އޭނާ އަށް ތާއީދު ކުރާ އެތައްބަޔަކު ނ.އަތޮޅުގައި އުޅޭއިރު ޢައްބާސްވެސް ވަނީ އެމްޑީއޭ ގެ ޓިކެޓްގައި އަންނަދައުރަށް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކައުންސިލް އިންތިޚާބުގައި އެމްޑީއޭ އިން އެކަކު، ޕީޕީއެމް އިން ދެ މީހުން ކުރިމަތިލެވޭގޮތަށް ހަމަޖައްސަނީ

އަންނައަހަރުގެ ޖެނުއަރީ މަހު 14 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ކެންޑިޓޭޓުން ނެރޭނެގޮތް ހާމަކޮށްފިއެވެ. …

ޚިޔާލެއްދެއްވާ

avatar