ނޯޓް 7 ގެ ސޮފްޓްވެއަރ އެކުންފުނީގެ އެހެންފޯނުތަކަށް އަޅަން ސެމްސަންގ އިން ވިސްނަނީ.

ދުނިޔޭގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި ސެމްސަންގ އިން އުފެއްދި އެންމެ ފަހުގެ ފޯނު ނޯޓް 7 ގެ ބެޓްރީ މައްސަލަ ޖެހި އެފޯނު ބޭނުންކުރުން ދުނިޔޭގައި ހުއްޓާލައިފައިވާއިރު އެކުންފުނިން މިހާރުވަނީ އެކުންފުނީގެ ފޯނުތަކަށް މީހުންގެ ޝައުޤުވެރިކަން ހޯދުމަށް އެހެންމަޅިއެއް ޖަހަން ވިސްނާފައެވެ.

ސެމްސަންގ އިން މިހާރު ނިންމާފައިވަނީ އެކުންފުނީގެ ވަރަށްފަހުގެ ދެ ފޯން ކަމުގައިވާ އެސް 7 އަށާއި، އެސް 7 އެޖްއަށް ނޯޓް 7 ގެ ސޮފްޓްވެއަރ އަޅަން ނިންމާފައެވެ. ސެމްސަންގ ކުންފުނިން ބުނީ މިއީ ނޯޓް 7 ގެންގުޅުނު މީހުންނަށް ދޭ އިނާމެއްގެ ގޮތުން ކުރާކަމެއްކަމުގައެވެ. އަދި ނޯޓް 7 ގެ އިޙްސާސް އެސް 7 އިން އާއި، އެސް 7 އެޖް އިން ކުރެވޭނެތީ މިކަމަކީ މީހުންގެ މެދުގައި ވަރަށް މަޤުބޫލުކަން ލިބިގެންދާނެކަމެއްކަމަށް އެކުންފުނިން ދެކެއެވެ.

ސެމްސަންގ އެސް 7 ގެފޯން ގެންގުޅޭ ފަރާތްތަކަށް ސޮފްޓްވެއަރ އަޕްޑޭޓްސް އޮޓޯއިން ލިބުމުން އެމީހުން ޖެހޭނީ އެ އަޕްޑޭޓްސް ފޯނަށް އިންސްޓޯލް ކޮށްލާށެވެ. އޭރުން ނޯޓް 7 ކަށް ގާތްގަޑަކަށް ފޯނު ބަދަލުވީއެވެ.

މިކަންތައް ސެމްސަންގ ކުންފުނީގެ ކަސްޓަމަރުން ބަލައިގަންނާނީ ކިހާވަރަކަށް ކަމެއް ނޭންގެއެވެ. ކަސްޓަމަރުންގެ މެދުގައި އޮތް އިތުބާރު މިހާރު މަޑުމަޑުން ގެއްލެމުންދާތީ ސެމްސަންގ ކުންފުނިން އެކަމާ ވިސްނަމުންދާކަން މިކަމުން އެބަ ހެކިދެއެވެ.

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި މިޚަބަރު ފެތުރުމުން މިކަމަށް ގިނަބަޔަކު ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ޕޮޒިޓިވް ޚިޔާލާއި، ނެގެޓިވް ޚިޔާލުވެސް ހިމެނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar
ބޮޑާބެ
ބޮޑާބެ

ކޮންމެ އެއްޗެކޭ ކިޔަސް ދެން މަށެއް ތި ސެމްސަންގ އަކާ ވައިވެސް ނޭޅޭނަން.