ނޭޝަނަލް ޕްލޭނިން ކައުންސިލްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލައިފި.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވިލަރެސްކުރާ، ނޭޝަނަލް ޕްލޭނިން ކައުންސިލްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.  އެ ޑިޕާޓްމަންޓުން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޑިޕާޓްމަންޓަށް އާންމު ފަރާތްތަކުން ހުށަހަޅާ މަޝްރޫއުތަކާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ކުރެވޭ ހުރިހާ މުއާމަލާތެއް ކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށާއި، އަދި އިތުރަށް އެއްވެސް ޕްރޮޖެކެޓެއް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން އެ ޑީޕާޓްމަންޓުން ބުނި ގޮތުގައި އެ މަސައްކަތްތައް މިވަގުތަށް ހުއްޓާލީ އެ ޑިޕާޓްމަންޓުން ހިންގާފައިވާ މުއާމަލާތްތައް ދިރާސާކުރުމަށް ސަރުކާރުން ނިންމުމުން އެ މަސައްކަތް ހިނގަމުންދާތީ ކަމަށެވެ.

ޕްލޭނިން ކައުންސިލްއަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ، އަދި ރައީސް އައްޔަން ކުރައްވާ ބޭފުޅުން ތިއްބަވާ ކޮމެޓީ އެކެވެ.

އަމިއްލަ ފަރާތްތަކުން ހުށަހަޅާ އެކި މަޝްރޫއުތަށް ހިންގުމުގެ ހުއްދަ ދޭނީ އެ ޑިޕާޓްމަންޓުންނވެ.

ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި އެ ޑިޕާޓްމަންޓުން އެޕްރޫވްކޮށް އެވޯޑްކޮށްފައި ހުރި ބައެއް މައްސަލަތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ސަރުކާރުން މިހާރު ވަނީ ފަށަން ހުރި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ މަސައްކަތްތައް ވެސް މެދުކަޑާލާފައެވެ. އަދި އެ މަޝްރޫއުތައްވެސް ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz