ނުފޫޒުން އެއްކިބާވެވޭނީ ކިހިނެތް؟

 ހުސްވި ޖޫން މަހުގެ 18 ވަނަދުވަހު ބޭއްވުނު މީޑިއާ ކައުންސިލްގެ އިންތިހާބުގައި ލަންދޫއިންފޯ.ކޮމްގެ އެޑިޓަރވެސް ވާދަކުރީ “ނުފޫޒުން އެއްކިބާވެފައިވާ މީޑިއާކައުންސިލަކަށް ހެދުމަށް” މިޝިޢާރުގެ ދަށުންނެވެ. ނަމަވެސް މިކަމަކީ އަދި މިރާއްޖޭގައި ކުރެވޭނެކަމެއްނޫންކަން މެންދުރުގެ އިރުފަދައިން އެނގެއެވެ. ސަބަބަކީ މިކުޑަ ދިވެހިރާއްޖޭގައި ރިޝްވަތުދިނުމާއި ކޮރަޕްޝަންގެ އަސަރު އިންތިހާއަށް އަށަގެންފައިވާކަން އެންމެންވެސް ފާހަގަކުރާކަމެވެ.

            ލައިގެންހުންނަ ހެދުން ދުވާލަކުއެއްފަހަރު ބަދަލުކުރާފަދައިން ތިމާގެ ކުލަ ނުވަތަ ޕާޓީ ބަދަލުކުރާމީހުންވެސް މިރާއްޖޭގައި ވަކި މަދެއްނޫނެވެ. އެއިރަކުވައިޖެހުނު ކޮޅަކަށް ބަލައިގެން ފައްސިޔަކޮށް ދުއްވުމަކީ ވަރަށްގިނަ ދިވެހީންގެ އާދައަކަށްވަނީ ވެފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަންފަދަ ކަންކަން ވަނީ ލިބިދީފައެވެ. ޑިމޮކްރަސީގެ އެންމެ މުހިއްމު ތިން އަސާސް ކަމުގައިވާ ތިންބާރު ވަނީ ވަކިކުރެވިފައެވެ.

         އެއްބާރުން މަރަށްމަރުގެ ޙުކުމް އިންވަމުންދާއިރު ތަންފީޒީ ބާރަކަށް މިއަޑު އިވޭހެނެތް ހިޔެއްނުވެއެވެ. މިކަމުގެ ހެއްކަކީ ވޭތުވެދިޔަ 10 އަހަރު ވެސް ދިހަފަރާތަކަށް މަރުގެ ޙުކުމް އިއްވާފައިވާކަމަށް ޝަރުޢީދާއިރާއިން މަޢުލޫމާތުދެއްވާފައިވާކަމެވެ.

         ރައްޔިތުންގެތެރެއިން ވަކިބައެއްގެ ތާއީދު ހޯދުމަށް ކަންކުރުމުގެ ބަދަލުގައި އިލާހީ ޙަޟުރަތުން ރައްކާތެރިކަން ލިބިގަތުމަށް މަސައްކަތްކުރަމާތޯއެވެ؟ ނުފޫޒުން އެއްކިބާވެވޭނީ އަޅުގަނޑުމެން ހައްދަވާބޮޑުކުރެއްވި މާތްﷲ އެންގެވިގޮތަށް ޢަމަލުކޮށްގެންކަން ކަށަވަރެވެ. ނަމަވެސް އދ.ގެ ސެކެޓްރީ ޖެނެރަލް ބާންކީ މޫން އިއްޔެ ވިދާޅުވެފައިވަނީ މަރަށްމަރުހިފުމުގެ އަދަބު ނައްތާލުމަށެވެ.

އދ.ގެ ޚަބަރުތައް ގެނެސްދޭ، ރަސްމީ އޮންލައިން ޞަފްޙާގައި އިއްޔެ ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް ބާންކީ އެގޮތަށް ވާހަކަ ދެއްކެވީ އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަންރައިޓްސް އިން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގެ ތެރޭގައި ވާހަކަ ދައްކަވަމުން ކަމަށެވެ. ކަންމިހެން ހުރިނަމަވެސް ނުފޫޒުން އެއްކިބާވެވިދާނެ ގޮތެއް އެބައޮތްކަމުގައި ދެކެމެވެ. އެއީ އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަވުމެވެ. ފަލާޙާއި ކާމިޔާބުލިބުންވަނީ މިގޮތުގައެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

ޚިޔާލެއްދެއްވާ

avatar
ނުފޫޒުބޮޑޭ
ނުފޫޒުބޮޑޭ

ލަންދޫއިންފޯއިން ކުރިމަތިލީ މީހާ ނުހޮވުނީދޯ. އާ އެހެންވެގެން ނުފޫޒުން އެއްކިބާ ތި ނުވެވުނީ އެހެންނޫންނަމަ ތި މީހުންވެސް އެކަމަކަށް ފާޑެއް ނުކީސް . ނިކަންބަލާބަލަ ދިޓީވީ ވިލާޓީވީ ގެ މީސް މީހުން ހޮވުނީމަ އެވާހަކަ ދައްކާވެސް ނުލައެއްނު. ތީ ހަމަ ކަންތައް ވާނެގޮތޭ.