ނާޒިމް 24 ގަޑިއިރަށް ގެއަށް ބަދަލުކޮށްފި

naazim

ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު 24 ގަޑިއިރަށް ގެއަށްބަދަލުކޮށްފިއެވެ.
ނާޒިމްގެ އާއިލާ އިން ބައެއް މީޑިއާތަކަށް މަޢުލޫމާތުދީފައިވާ ގޮތުގައި އޭނާ ގެއަށް ބަދަލު ކުރީ “ސިއްހީ ފަރުވާއަކަށް 24 ގަޑިއިރަށް” އިރަށެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކަށް ވިދާޅުވީ ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފަށް އޭނާ ގެންދެވީ “ވަގުތީ” ގޮތުން ކަމަށެވެ. ވަގުތީ ގޮތުން ނާޒިމް ގެއަށް ބަދަލު ކުރި ސަބަބެއް ފުލުހުން ވިދާޅެއް ނުވެ އެވެ.

ނާޒިމް ގެއަށް ގެނެސްފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ 33 ދުވަސް ފަހުންނެވެ. ދިރިއުޅޭ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމު ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ރޭވުންތަކެއް ރާވާ ކަމަށް ބުނެ، ނާޒިމް ހައްޔަރު ކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވެރިކަން ބަދަލުކުރުމަށް ނާޒިމް ރޭވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުންބުނެފި.

ރާއްޖޭގެ ސިޔާސީ އެކިއެކި ފަރާތްތަކާއި، ގުޅިގެން ދިވެހި ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް …

ޚިޔާލެއްދެއްވާ

avatar