ނަޝީދު ދެން ހައްޔަރުކުރާނީ ދާއިމީ ގޮތަކަށް ، ދިގުމުއްދަތަކަށް: ހޯމް މިނިސްޓަރ

ކުރީގެ ރައީސް ނަޝީދު ގާނޫނާއި ހިލާފަށް ހިންގާފައިވާ ތަފާތުއެކި މައްސަލަތަކުގެ ތަހްގީގް މިހާރުކޮށް ނިމިފައިވާކަމަށާއި، ސަރުކާރުން ނަޝީދު ހައްޔަރުކުރާނީ ދާއިމީ ގޮތަކަށް އަދި ދިގުމުއްދަތަކަށް ކަމުގައި ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު ހައްޔަރު ނުކުރެވޭނޭކަމަށް ބުނެ ނަޝީދާއި ނަޝީދުގެ ބައިވެރިން ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ މީހެއްކަމަށެވެ. ރައީސް ނަޝީދަކީ ގައުމުގެ ވެރިކަމުގައި ހުންނަވައިގެން ގާނޫނުގެ ބާރު ކަޑުވާލައި ގާނޫނާއި ހިލާފް އެތަކެއް އަމަލެއް ފާޅުގައި ހިންގަވާފައިވާ ބޭފުޅަކަށްވާއިރު ނަޝީދުގެ އަމަލުތަކާއި ދޭތެރޭގައި ގާނޫނުގެ ފިޔަވަޅު އެޅިގެންދާނޭކަމުގައި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ނަޝީދާއި ގުޅިގެން ހުށަހެޅިފައިވާ ގާނޫނާއި ހިލާފް މައްސަލަތައް ބަލައި ތަހްގީގް ކުރެވިފައިވާކަމަށާއި، ނަޝީދު ހައްޔަރު ކުރެވޭނީ ދެން ދާއިމީ ގޮތެއްގައިކަމަށެވެ. މިއަދުވެސް ސިފައިންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅަކު ހިފާ ހައްޔަރު ނުކުރެވޭނޭކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކަކީ ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް ދައްކަވަމުންދާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމަށާއި، ހައްޔަރު ކުރަން ވެއްޖެނަމަ އެކަމަށް ހަމަ އެންމެ ސިކުންތެއްވެސް ނުނަގާނެކަމަށް ޖަމީލް ވިދާޅުވިއެވެ.

މަސްދަރު: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރުނު ޤަރާރު ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން …

ޚިޔާލެއްދެއްވާ

avatar