ނަޝީދު ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ޝަރީއަތް ނިމުމުން ނަޝީދު ދިވެހިރައްޔިތުންނަށް 1.2ބިލިއަން ރުފިޔާއަށް ދަރާނެ- ނިޙާން


ދިވެހިރައްޔިތުންނަށް ނިސްބަތްކޮއް ކުރީގެ ރައީސް ނަޝީދު ރާއްޖޭން ބޭރުގައްޔާ ރާއްޖޭގައި ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ޝަރީއަތް ނިމުމުން ނަޝީދު ދިވެހިރައްޔިތުންނަށް 1.2ބިލިއަން ރުފިޔާއަށް ދަރާނެކަމަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިޙާން ހުސެންމަނިކް ވިދާޅުވެއްޖެއެވެ.

 

ނަޝީދު ދިވެހިރައްޔިތުންނަށް ނިސްބަތްކޮއް ވިދާޅުވަމުންދާ ވާހަކަތަކާބެހޭގޮތުން ވާހަކަދަށްކަވަމުން ނިޙާން ވިދާޅުވީ ކުރީގެރައީސް ނަޝީދު ދިވެހިގައުމުގެ ރައްޔިތުންނަކީ ލާދީނީ ބައެއްކަމަށާ،ހައްދު ފަހަނައަޅާފައިވާ ބައެއްކަމަށް އަދި މިއަދުގެ ސަރުކާރަކީ ޓެރަރިސްޓު ސަރުކާރެއްކަމަށް އެކި ފޯރަމްތަކުގައި ރާއްޖޭގައާއި ރާއްޖޭންބޭރުގައިވަނީ ދައްކަވާފައިކަމަށާ،އެހެންކަމުން މިފަދަ ހުތުރު ބަސްތަކެއް ރާއްޖޭގެ ރައްޔިތުނނަށް ނިސްބަތްކޮށް ދަށްކާފައިވާތީވެ، ނަޝީދުގޮވައިގެން ކޯޓަށް ދާން މިހާރު ތައްޔާރުވަމުންދާކަމަށް ނިޙާން ވިދާޅުވިއެވެ.

މި މޭރުމުން ނިޙާން ވާހަކަދަށްކަވާފައިވާއިރު މި ފަހުން ކުރީގެރައީސް ނަޝޑީދުއާއި އެމްޑީޕީން ދަނީ ރާއްޖޭގެ  ނަން ކިލަނބުވާވަދަ ވާހަކަތަށް އިންތިހާއަށް ދަށްކަމުންކަމަށް ބައެއްފަރާތްތަކުންދަނީ ބުނަމުންނެވެ.

އަދި ދާދި ފަހުން އިންޑީޔާއަށް ނަޝީދު ކުރެއްވެވި ދަތުރުފުޅުގައިވެސް ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިޔާލުގެ މީހުންއެބަތިބިކަމަށްވިދާޅުވެ ވާހަކަދެއްކެވި ކަމުގެ އަޑުތަކެއްވަނީ މިޑިޔާގައި ފެތުރިފައިކަން ފާހަގަކޮއްލަންޖެހެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ސަރުކާރުން ރާއްޖެ ތަރައްޤީކުރަމުންދަނީ އެއްވެސް އަތޮޅެއް ނުވަތަ ރަށެއް ބާކީ ނުކޮށް – ނިހާން

ސަރުކާރުން ރާއްޖެ ތަރައްޤީކުރަމުންދަނީ އެއްވެސް އަތޮޅެއް ނުވަތަ ރަށެއް ބާކީ ނުކޮށްކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން …