ނައިބް ރައީސްގެ އިތުރުން 14 ވަޒީރުންނަށް ރުހުން ދީފި

ރައީސް ޑރ. މުހަންމަދު ވަހީދު، ނާއިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވި މުހަންމަދު ވަހީދުއްދީން އަށާއި ކެބިނެޓަށް އައްޔަން ކުރެއްވި ސާދަ ވަޒީރުންނަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދީފިއެވެ.

ވަހީދުއްދީންއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ، ޖަލްސާގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާފައި ސާދަ ވަޒީރުންނަށް ވެސް މަޖިލީހުން ރުހުންދީފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ސާޅީސް ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ޑީން އަށާއި 14 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ނިންމީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރުމަށް ގާނޫނު އަސާސީން ލާޒިމުކުރާ ސިފަތައް، އެ ބޭފުޅުންގެ ކިބައިގައި ހުރިތޯ ބެލުމަށް، ކޯޓުތަކާއި ޑީޕީއާރްއެސް އިން މައުލޫމާތު ސާފުކުރުމަށް ފަހުގައެވެ. އެއްގަޑި އިރުގެ ބަހުސަކަށް މިމައްސަލަ މިއަދު ވަނީ ހުޅުވާލާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބްކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީނާއިބެހޭ ގޮތުން ވާހަކަ ދެއްކެވި ބޭފުޅުންވަނީ ޑީން އަކީ ވަރަށް ގާބިލް ތަޖްރިބާ ހުރި އިލްމީ ބޭފުޅެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ބައެއް މެންބަރުންވަނީ ގައުމީ މަސްލަހަތު އިސްކުރައްވާ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކޮށްދިނުމަށް އެދި ވަހީދުއްދީނަށް ގޮވާލައްވާފައެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައާއި އިތުރު ދެ ވުޒާރާއެއް އެކުލަވާލުމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން، ބައެއް މެންބަރުންވަނީ މިދަނޑިވަޅަކީ އިތުރު ވުޒާތައް ހަދަން މަސައްކަތް ކުރަންވީ ވަގުތެއް ނޫންކަމަށާއި ސިޔާސީ މަގާމްތައް އިތުރުނުކުރުމަށް ގޮވާލައްވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަޖްލިސްގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލްކޮށްފި.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަޖްލީހުގެ އިދާރާއިން ތާވަލްކޮށްފިއވެ. އަދި އެކަންވަނީ މެމްބަރުންނަށްވެސް އަންގާފައެވެ. ނަމަވެސް މާދަމާ ގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz