ފޮޓޯ:ވެލި ރިޓްރީޓް

ނަހުޒާ ޤުރުއާން ކްލާހަށް ޓީޗަރަކު ހޯދަނީ

ނ.ވެލިދޫ ނަހުޒާ ޤުރުއާން ކްލާހަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ ދަށުން  ޓީޗަރަކު ހޯދަން އިއުލާނުކޮށްފިއެވެ. މިމަގާމަށް ހޮވޭފަރާތަކުން މަސައްކަތްކުރަންޖެހެނީ ވެލިދޫކައުންސިލް އިދާރާގެ  އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ބައިގައެވެ.

މަޤާމުގެ ޝަރުތަކީ ޤާރީކަމުގެ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވައިދޭން އެނގުމެވެ. މި ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމުގައި ބަލާނީ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ހުނަރު އަދި ތަޖުރިބާއަށެވެ.

މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހަޅާނީ 22 ފެބުރުއަރީ 2018 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ވެލިދޫ ކައުންސިލް އިދާރާއަށެވެ. މަޤާމަށް މީހަކު ހޮވުމަށް ބަސްދީގަތުން އޮންނާނީ 2018 ފެބުރުއަރީ 27 އާއި 28 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ  secretariat@velidhoo.gov.mv އަށެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

ވެލިދޫ ކޯޓް އެއާކޯނު ކޮށްދޭނެ ފަރާތެއް އަލުން ހޯދަނީ

ނ.ވެލިދޫ ކޯޓް އެއާކޯނުކޮށްދޭނެފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފިއެވެ. ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިންގ އޭރިޔާގައި 12000 ބީ.ޓީ.ޔޫ ގެ 01 …

ޚިޔާލެއްދެއްވާ

avatar