ހޮލިޑޭ ކަޕް ބާއްވާ ތާރީޚް ބަދަލުކޮށްފި

ssss

މިއަހަރުގެ ނޮވެމްބަރ 5 ގައި ފެށުމަށް ހަމަޖެހިފައިވާ ހޮލިޑޭކަޕް ބޭއްވުން ފަސްކޮށްފިއެވެ. މުބާރާތް ފަސްކުރަން ޖެހުނީ ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ޓީމް އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުކުޅުމަށްޓަކައި މިމަހުގެ 28ގައި ތ. ތިމަރަފުށި ނުވަތަ ދ. ކުޑަހުވަދޫގައި ދާންޖެހޭތީއެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރަށް ދިޔުމަށްޓަކައި މަސްވަރާކުރުމަށް ލަންދޫ ކައުންސިލް އިން ވަނީ ޒުވާނުންނާއި ބައްދަލުކޮށްފައެވެ. ބައްދަލުވުމަށް ހާޟިރުވި ހުރިހާ ކުދިންނަށް ފެނުނީ ޝިޔާމް މަޢުރޫފު ކަޕަށްފަހު ހޮލިޑޭ ކަޕް ބޭއްވުމަށެވެ. ހޮލިޑޭކަޕް އަށް 4 ޓީމުންވެސް އަންނަނީ ވަރަށް ރަގަޅަށް ތައްޔާރުވަމުންނެވެ. ބައެއްޓީމުތަކުން ރަސްމީކޮށް ޕްރެކްޓިސް ވަނީ ފަށާފައެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ މުބާރާތުގެ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް މި ބުރުގެ ގުރުއަތުލުން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިގުރުއަތުލުމުގައި ލަންދޫ ކައުންސިލްގެ ފަރާތުން ބައިވެރިވާނީ ލަންދޫ ކައުންސިލްގެ ހިންގުތެރި ޒުވާން ރައީސް އަލްފާޟިލް އަބުދުއްﷲ އާރިފެވެ.

މި ފަހަރުގެ މުބާރާތުގައި މުޅި ރާއްޖޭން 75 ޓީމަކުން ބައިވެރިވި އެވެ. އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ޗެމްޕިއަނުން ހޮވުމަށް ފަހު ދެން ކުޅުނީ ޒޯންތަކުގައި މެދުގައި ބުރެކެވެ. ފައިނަލް ބުރަށް ހޮވިފައިވަނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނެވެ.

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

250 ކިލޯވޮޓް ގެ މުޅިން އާ ޖަނަރޭޓަރެއް މިއަދު ލަންދުއަށް ގެންނަނީ.

ނ.ލަންދުއަށް ދިމާވެފައިވާ ކަރަންޓްގެ ދަތިކަން ފިލުވައިދިނުމަށް ސަރުކާރުން ( ފެނަކަ ) އިން ކުރަމުން ގެންދާ ޚާއްޞަ މަސައްކަތްތަކެއްގެ ދަށުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz