ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ ޗެމްޕއަން ހޮޅުދޫއެފްސީ އަށް ނުގޮވުމުން ގިނަބައެއްގެ ހިތުގައި އެތަށް ސުވާލެއް އުފެދި އެވަގުތުން ފެށިގެން ސޯސަލް މީޑިޔާގައި އެންމެގަދައަށް ދެކެވޭ އެއްވާހަކައަކަށް މިވާހަކަ ވެގެންދިޔައެވެ.

މިކަމުގެ ހަޤީގަތް ހޯދުމަށް ލަންދޫއިންފޯއިންވެސް އައީ އެވަގުތުން ފެށިގެން ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. މިއަދުމިވަނީ އެކަމަށް ކޮންމެވެސް ޖަވާބެއް ލިބިފައެވެ. މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ފަރާތްތަކުން ނަންނުޖެހުމަށް ޝަރަތުކޮށް މަޢުލޫމާތު ދެއްވި ގޮތުގައި އެރަސްމިއްޔާތުގައި ހޮޅުދޫ އެފްސީގެ ނަން އިޢުލާން ނުކުރީއެދުވަހުގެ ރަސްމިއްޔާތަށް އެޓީމުގެ ފަރާތުން މަންދޫބަކު ބައިވެރި ވުމަށް ދަޢުވަތު ދީފައިވީނަމަވެސް އެރަސްމިއްޔާތަށް ހޮޅުދޫއެފްސީގެ ފަރާތުން އެއްވެސް ބޭފުޅަކު ބައިވެރިވެފައި ނުވާތީއެވެ.

އެރަސްމިއްޔާތުގެ ހާއްޞަ ޝަރަފްވެރި މެހްމަމާން މުޅިދުނިޔެއަށް ނަންމަޝްހޫރު ޗެލްސީގެ ކުރީގެ ފޯވާރޑް އަދި އައިވަރީކޯސްޓްގެ ކުރީގެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާގެ ސޮޔާއި އެކު އޭނާގެ އަތުން ބޯޅައެއް ހަދިޔާ ކުރެވިގެން ދިޔަ މިރަސްމިއްޔާތުގައި ހުރިހާރަށަކުން ކަހަލަ ގޮތަކަށް ބައިވެރިވެފައިވަނީ އެރަށެއްގެ ޓީމުގެ ކެޕްޓަނެވެ. “އަސްލު އެހާ ޝަރަފްވެރި ބޭފުޅުންކޮޅެއް ވަޑައިގެން ތިންބެވި ރަސްމިއްޔާތެއްގައި ބޯޅައާއި ހަވާލުވާނެ ފަރާތެއް ނެތި އެއްވެސް ރަށެއްގެ ނަން އިޢުލާން ކުރަން އަޅުގަނޑުމެން ބޭނުން ނުވީ. އެއްވެސް ރަށަކާއި އަދި އެއްވެސް ޓީމަކާއި މެދު އަޅުގަނޑުމެންގެ ޒާތީކަމެއް ނެތް ” ތަފްސީލް ދެއްވަމުން މަޢުލޫމާތު ދެއްވި ފަރާތުން ހާމަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ހޮޅުދޫ އެފްސީގެ ކެޕްޓަން މޫސާ އިބުރާޙިމް(މުސްތަޓޭ) ލަންދޫއިންފޯ އަށް މަޢުލޫމާތު ދެއްވި ގޮތުގައި އެދުވަހުގެ ރަސްމިއްޔާތަށް ހޮޅުދޫޓީމުގެ ފަރާތުން ޓީމުގެ މުޙިއްމުކުޅުންތެރިން ކަމަށްވާ ކަކާ އާއި އަފްލާ އަދިކައުންސިލްގެ ރައީސް މާޅެންދޫއަށް ދިޔަކަމަށެވެ. ” މާފަރު ޓީމުގެ ފަރާތުންވެސް ބޯޅަ އާއި ހަވާލުވީ އެޓީމުގެ ކެޕްޓަނެއް ނޫން އެހެންވީއިރު ހޮޅުދޫޓިމަށް ލިބެންޖެހޭ ބޯޅަވެސް ޓީމުގެ ކުޅުންތެރިއަކާއި ހަވާލުކުރެވެން ޖެހޭނެދޯ” މުސްތަޓޭގެ ޝަކުވާތައް ބަންޑުންކޮންލިއެވެ. “އަސްލުމިފަހަރުގެ މުބާރާތުގައި މުބާރާތް އިންތިޒާމްކޮށް ހިންގަން ތިބި ފަރާތްތަކުން ހޮޅުދޫޓީމަށް ވަރަށްބޮޑަށް ތަފާތުކޮށްފައި އެބަހުރި ” ބައެއް ހާދިސާތައް ހިއްސާކުރަމުން ވަރަށް އަސަރާއި އެކުމުސްތަޓޭ ފާހަގަކުރެއްވިއެވެ.

މިކަން މިގޮތަށް ދިމާވެފައިވައިރު ސެމީފައިނަލްގައި ހޮޅުދޫ އާއި މިލަދޫ ބައްދަލުކުރިމެޗު ކުރިއަށްދިޔަ ވަގުތުގައާއި އަދި މެޗުނިމުމަށް ފަހުވެސް މުބާރާތް ކުރިއަށް ގެންދަން ތިއްބެވި ފަރާތްތަކާއި އަދިހޮޅުދޫޓީމުގެ ކުޅުންތެރިންނާއި އަދި އޮފިޝަލުންނާއި ދެމެދު ބޮޑަތި ދެބަސްވުންތަކެއް ހިގާފައިވާކަން މިފުރުޞަތުގައި ފާހަގަކޮންލަން ޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެއްލައްކަ ރުފިޔާ ލަންދޫޓީމާއި ހަވާލުކޮށްފި

ނ.މާޅެންދޫގައި ނިމިދިޔަ މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި ލަންދޫޓީމަށް ދިނުމަށް ހަމަޖެހިފައިވާ އެއްލައްކަ ރުފިޔާ ނ.ލަންދޫ …

ޚިޔާލެއްދެއްވާ

avatar
ތަކުރު
ތަކުރު

ނަން ހާމަ ނުކުރާ މައުލޫމާތުގެ %50 އަކީ ދޮގުކަމަށްބެލެވެނީ. އެއީ. މުބާރާތުގެ މެޗްތައް އެފް.ބީ ލައިވް އިން އަޅުގަނޑުވެސް
ބެލިން. މިލަދޫ އަދި ހޮޅުދޫ މެޗްގެ ރެފްރީ އިންސާފު ނޫންކަން . ފުޓްބޯޅަ ޤަވާއިދު އިގޭ ކޮންމެ ބޭފުލަކަށްވެސް އިގޭނޭ.
ދަނޑުން ބޭރުގައި ކުޅުންތެރިން ކުރާ ކުށްތަކަށް ދަނޑުމަތިން އަދަބު ދީގެން ނުވާނެ. މިފަހަރުގެ މުބާރާތް ރާވާ ހިންގިފަރާތްތައް އެންމެ އިންސާފުވެރިކޮށް ކަންތައް ނުކުރެވޭކަމަށް އެބޭކަލުން ޤަބޫލު ކުރާނެ ދުވަސް އަންނާނެ. “އިންސާ ﷲ.”

wpDiscuz