” ހޫނު ” ވާނެ ކަމަށް ބެލެވޭ ސީމެގުގެ ބައްދަލްވުމުގައި ބައިވެރިވެލައްވާނީ ރައީސް

ހޫނުވާނެ ކަމަށް ބެލެވޭ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާ އިން ރާއްޖެ ނެގުމާ މެދު ގޮތެއް ނިންމަން އަންނަ ހުކުރާ ހޮނިހިރު ދުވަހު ނިއު ޔޯކްގައި ބާއްވާ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު ހަސަންމަނިކު ކަމަށް އެ މަނިކުފާނު ވިދާޅު ވެއްޖެއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާ އަށ މިއަދު ނިއު ޔޯކަށ ފުރާވަޑައި ގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލް ކުރައްވާ ރައީސް ވިދާޅުވީ ޖެނެރަލް އެސެންބްލީގެ ތެރެއިން ބޭއްވާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އެ މަނިކުފާނު ކަމަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންނެވެ. އެހެން ނަމަވެސް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓުން ކަންކަން ސާފުވުމުން ދެން ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނަގަންޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ.  ނަމަވެސް މިހާރު އަމިއްލަ ދަތުރު ފުޅެއްގައި އިގިރޭސި ވިލާތައް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ގެންދަވަނީ ސީމެގް ގެ އެޖެންޑާއިން ރާއްޖެ ނެގުމާއި ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
ޅޮހީއަހުމަދު
ޅޮހީއަހުމަދު

ރައީސް ވަހީދު ބައިވެރިވެ ލައްވަނީކީނޫން! ރައީސް ވަހީގު ހާޒިރު ކުރުވަނީ !

wpDiscuz