ރިޔާސީ އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް މާފަރު އެއަރޕޯރޓްގެ ހުވަފެން ދައްކަނީބާ؟

ހުއްޓިފައިވާ ނ. މާފަރު އެއަރޕޯރޓްގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ވެލާނާގޭ ޕްރެސް ރޫމްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނ. މާފަރުގައި ޑޮމެސްޓިކް އެއަރޕޯރޓެއް ހެއްދެވުމުގެ މަސައްކަތަކީ ރައީސް މައުމޫނުގެ ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތެކެވެ. މިއެއަރޕޯރޓާއެކު އިޢުލާނުކުރެވުނު އަނެއް ދެއެއަރޕޯރޓަކީ ޏ.ފުވައްމުލަކާއި ބ.ދަރަވަންދޫ އެއަރޕޯރޓްގެ މަސައްކަތެވެ. މީގެތެރެއިން ނިމިގެންދިޔަ މުޙައްމަދު ނަޝީދުގެ ސަރުކާރުން ދިވެހިރައްޔިތުން ހައިރާންކުރުވާހާ އަވަސް މުއްދަތެއްގައި ފުވައްމުލަކުގެ އެއަރޕޯރޓްގެ މަސައްކަތް ނިމި، ޚިދުމަތްދެއްވަން ވަނީ ފައްޓަވާފައެވެ.

2007 ނޮވެމްބަރ 4 ގައި އޭރުގެ ސަރުކާރުން މިދެންނެވި އެއަރޕޯރޓުގެ ބިޑު އިޢުލާންކުރުމުން ކާމިޔާބުކޮށްފައިވަމީ ނ. ހޮޓެލްސް އެންޑް ރިޒޯޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. އެކުންފުނީގެ ފަރާތުން މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފައްޓާފައިވަނީ 2009 ޑިސެމްބަރ 11 ވަނަދުވަހުއެވެ. ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ހިންގަވާ އެކިއެކި ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިމެނޭ   http://isles.egov.mv/Island/IslandProjects.aspx?lid=2&tid=1&id=139  ސައިޓްގައިވާ ގޮތުން އޭރުގެ ސަރުކާރުން މާފަރު އެއަރޕޯރޓްގެ މަސައްކަތް މުޅިން ނިމޭނެކަމަށް ލަފާކުރައްވާފައިވަނީ 2013 ޖޫން 11 ވަނަ ދުވަހަށެވެ. އެގްރީމެންޓްގައި ސޮއިކުރެވިފައިވަނީ 2008 ޖެނުއަރީ 8 ވަނަދުވަހެވެ. އޭގެފަހުން ނިމުނުކަމަށް އެސައިޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެތެރޭގައި ވިލާގެ ބައުންޑަރީ ފެންސް ޖަހާނިމިފައިވާކަމާއި، އަދި އެއްޗެތި އަރުވާ ބޭލުމަށްޓަކައި ވަގުތީ ޖެޓީ ހެދުމަށްޓަކައި ރިކްލެމޭޓިންގ މަސައްކަތް ކުރެވިފައިވެއެވެ.

އުފެދޭ ސުވާލަކީ މިއެއަރޕޯޓާއިއެކު އިޢުލާންކުރެވުނު އަނެއް ދެއެއަރޕޯރޓްގެތެރެއިން އެއްއެއަރޕޯރޓްގެ ޚިދުމަތް ލިބި، އަނެއް އެއަރޕޯރޓް ފުޅުވުމުގެ އެންމެފަހުގެތައްޔާރީތައްވަމުންދާއިރު، މިހާ ސިސްޓަމެޓިކް ގޮތެއްގައި ކުރިޔަށްދިޔަ މާފަރު ރީޖަނަލް އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައިވަނީ ކީތްވެބާއެވެ؟ މިކަމާގުޅޭގޮތުން ޓްރާންސްޕޯރޓް މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ މުޙައްމަދު ލަޠީފް ވިދާޅުވީ އެއަރޕޯރޓް މަސައްކަތަކީ އޮންގޮއިން މަސައްކަތްތަކެއްކަމަށާއި އެއްދުވަހުން އަނެއްދުވަހަށް މިކަންކަމުގެ އުޞޫލުތައް ބަދަލުވަމުންދާކަމުގައެވެ. ނަމަވެސް މިކަމާގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން ނ. ހޮޓެލްސް އެންޑް ރިޒޯޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެބޭފުޅެއްގެފަރާތުން މަޢުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ.

މިކަމަކީ މީގެކުރިންވެސް ވަރަށްގިނަފަހަރު މިސަރަހައްދުގެ މީހުންނަށް ދައްކާފައިވާ ހުވަފެނަކަށްވާއިރު 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިސަރުކާރުންވެސް މިގަނޑެއްގަންނަންއުޅެނީއަކީ ނޫންބާވައޭ ބައެއްފަރާތްތަކުން ބުނެއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz