ހުކުރު ދުވަހުގެ މާތް ކަން.

quran-1ް
ހުކުރުދުވަހުގެ މާތްކަމާއި، ބަރަކާތްތެރިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަންމީހުންނަށް ބާވައެވެ. މި ބަރަކާތްތެރި ދުވަހު ގެ މާތްކަމާއި، ހެޔޮ ދަރުމައަށް ވިސްނައި ނުލައި އެއްބަޔަކު ދުނިޔަވީ މަސައްކަތާއި، މަޖަލުގެ ތެރޭގައި އަނެއްބަޔަކު ޣާފިލުކަމުގެ ނިދީގައި ތިބެނީ ހަވާނަފްސަށް ތަބާވެވިގެންނެވެ. އެހެނީ މިދުވަހުގައި ލެއްވިގެންވާ ދުޢާއިޖާބަކުރެއްވުމުގެ ވަގުތުކޮޅާއި، އެންމެ މާތްނަމާދުގެ މަތިވެރިކަމަކީ އެއްވެސް މީހަކަށް ވަންހަނާވެފައިވެގެންވާނޭ ކަމެއްނޫނެވެ.
ހުކުރުދުވަހުގެ އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”.
عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : الصَّلاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِر) رواه مسلم. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ފަރްޟު ފަސްނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ”.
އދި ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أفضل الصلوات عند الله صلاة الصبح يوم الجمعة في جماعة ) . رواه البيهقي في “شعب الإيمان” . މާނައަކީ: “މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ”. ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މުސްލިމު އަޅަކު ނަމާދު ކުރަން ހުށްޓައި އެވަގުތާއި ދިމާވެއްޖެނަމަ ކިހާރަގަޅުހެއްޔެވެ.

އަޅުގަނޑުމެން އަބަދުވެސް އެދެމުން މިދަނީ ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތަށެވެ. ދުޢާތަކުގައި ކިޔެވެމުން ތަކުރާރު ކުރަމުން މިދަނީ ” ދުނިޔޭގައިވެސް …

ޚިޔާލެއްދެއްވާ

avatar
wpDiscuz