ހުކުރަށް ނަމާދަށް ގޮސް ތިބޭ ބައެއްމީހުން….

ހުކުރަށް ނަމާދަސް ގޮސްތިބޭ ބައެއް މީހުންގެ ފަރާތުން މިހާރަކަށް އައިސް އަނެއްކާވެސް ވަރަށް ދެރަ އެހާމެ ނުބައި ކަމެއް ތަކުރާރުވަމުން އެބަދެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ ހުސްއެކަނި ލަންދޫގައި ވާކަމެއްނޫނެވެ. ދިވެހިރާއްޖޭގެ ގިނަރަށްރަށުގައި މިފަދަ މީސްމީހުންގެ ފުށުން މިޢަމަލު ފެންނަމުން ދަނީ ފުދޭވަރަކަށް ގިނައިންނެވެ.

މިފަދަމީހުން ހުކުރަށް ދަނީ ފެންވަރާ ނަލަހެދިގެންނެވެ. އަތްފައިގާ އޭތިމީތި އަޅައިގެނެވެ. ބައެއްމީހުން ގެ މޭމަތީ ގޮށްތައް ނައްޓާލައިގެން މޭމަތި ދިމާއަށް ލައިގެން ދާއިރު އަނެއްބައިމީހުންދަނީ އެމީހުން ލައިގެން ތިބޭ ސްކިނީ ގެ ފައިކުރިއަށް ފައިން އެރޭ ހާލުގައެވެ. އަދި ހަމަ އެހެންމެ ޚަތީބުމީހާ މިންބަރަށް އަރާ ވަގުތަކީ މިބައިމީހުން މިސްކިތަށް ޖަމާވާ ވަގުތެވެ. އަދި މިއަންނަ އައުމުގައިވެސް އައިސް މިސްކިތަށް ވަންނަނީކީ ވެސްނޫނެވެ. ބޭރުފެންޑާގައި ވާހަދައްކަން ތިބެނީއެވެ. އަޑުބައްދާލައިފާ ހުންނަވަރުން މިސްކިތުގެ އެތެރޭގައި ތިބޭމީހުންނަށްވެސް އުދަގޫވާ މިންވަރަށް އެމީހުންއަޑުވެސް ގަދަވެއެވެ.

އެހެނެއްކަމަކު މުސްލިމުންގެ މައްޗަށް ލާޒިމްވެގެންވަނީ ހުކުރު ޚުޠުބާ ކިޔާ ގަޑީގައި އެޔަށް ކަނުލާ އަޑު އެހުމެވެ. އެހެން ކަމުން ހުކުރު ޚުޠުބާ ކިޔަމުން ދާ ގަޑިއެއްގައި މީހަކު ސަލާމް ގޮވާފައި އަތްދިއްކުރި ކަމުގައިވީނަމަވެސް، އަނގައިން ސަލާމް ބަލައި ގަތުންވެސް ރަގަޅެއްނޫނެވެ. ހަދަންޖެހޭގޮތަކީ އެމީހާގެ އަތުގައި ހިފާ ސަލާމްކޮށްލުމެވެ. ސަބަބަކީ ޚުޠުބާ ކިޔާ ގަޑިގައި ހަނުހުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރައްވާފައިވުމެވެ. ޙަދީޘް ކުރެއްވިއެވެ. (إذا قلت لصاحبك يوم الجمعة : أنصت ، والإمام يخطب فقد لغوت) متفق عليه .  މާނައަކީ: “އިމާމާ ހުކުރު ޚުޠުބާ ކިޔަން ހުއްޓާ ތިބާގެ އަޚާގެ ގާތުގައި ހަނުހުންނާށޭ ބުނުމަކީވެސް ބޭކާރުވާހަކަ ދެއްކުން ކަމުގައިވާނެއެވެ”.

ޚުޠުބާ ކިޔަމުން ދާ ގަޑީގައި ހެޔޮކަމަކަށް އަމުރުކޮށް ނުބައި ކަމެއް ނަހީ ކުރުންވެސް މި ޙަދީޘްގައި މިވަނީ ބޭކާރުވާހަކަ ދެއްކުމުގެ ތެރެއަށް ލައްވާފައެވެ. ވީމާ، އެހެން ކަހަލަ ވާހަކަ ތައް ވާނީ އަދި ކިހާ ހިސާބެއްގައިބާވައެވެ. އަޅުގަނޑުމެންގެ ތެރެއިން މިފަދަ ޢަމަލުތައް ތަކުރާރުކުރާ ޒުވާނުންނާއި، ދުވަސްވީމީހުންވެސް މިކަމުން ސަލާމަތްވަމާ ހިންގަވާށެވެ. އަދި ﷲގެ ކޯފާއެއް އަތުވެދާނެކަމަށް ޓަކައި ބިރުވެރިވަމާ ހިންގަވާށެވެ.

ޚުތުބާ ކިޔަމުންދާ ވަގުތު މީހަކު ވާހަކަދައްކަމުން ދިޔަމަކަމުގައިވިޔަސް އެކަން ހުއްޓުވަން މަސައްކަތް ނުކުރާށެވެ. އެހެނެއްކަމަކު ނަމާދު ނިމިގެން އެކަން އޮތްގޮތް އޭނާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރާށެވެ. އެހެނީ ޚުޠުބާ ކިޔަމުން ދާ ގަޑީގައި ކިނބިއްސެއް އެޅުނު ކަމުގައިވީނަމަވެސް (الحمد لله) ދުލުން ކިޔުމުގެ ބަދަލުގައި ކިޔާންޖެހޭނީ ހިތުން އެކަންޏެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz