ހުޅުލެއާއި ހުޅުލޭގައި ހުރި ތަންތަން ޖީއެމްއާރުއަށް ދީފައިވަނީ ހިލޭކަމަށް ޢާޒިމާ ވިދާޅުވެއްޖެ.

ހުޅުލޭގެ ބިމާއި ޓާމިނަލް ތަކާއި އެއަރޕޯރޓްގެ އިމާރާތްތައް ޖީއެމްއާރަށް ދީފައިވަނީ އެއްވެސް އަގެއްނެތި ހިލޭ ކަމުގައި ދައުލަތުގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ

ޖީއެމްއާރްގެ މައްސަލަ ދިރާސާ ކުރައްވާ ވަޒީރުންގެ ޓީމުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ނޫސްވެރިންނާއެކު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނާއިބް ވިދާޅުވީ ޖީއެމްއާރާއެކު ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސް ވުމަކީ ވަރަށް ބޮޑަށް ބަނދެވިފައިވާ އެއްބަސްވުމެއް ކަމަށެވެ.

އަދި ޖީއެމްއާރާއިއެކު ނަޝީދުގެ ވެރިކަމުގައި ވެފައިވާ އެއްބަސްވުމަކީ ގާނޫނާއި ހިލާފް އެއްބަސްވުމެެއްކަމަށް ޝަރުޢީ ކޯޓަކުން ނުނިންމާހާ ހިނދަކު މިއެއްބަސް ވުމަކީ ގާނޫނާ ޚިލާފް އެއްބަސްވުމެެއްކަމަށް ނުބުނެވޭނޭ ކަމުގައި އާޒިމާ ވިދާޅުވިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ޝަރުޢީ ކޯޓަކުން ކަޑަނާޅާހާ ހިނދަކު މި އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްކަމަށެވެ.

ޖީއެމްއާރާއެކު ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެބަސްވުމުގައި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފް އެތައްކަމެއް ހުރިކަމަށް ގާނޫނީ ވަކީލުންނާއި، ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ބުނެފައިވީ ނަމަވެސް ބަންޑާރަ ނާއިބް މިއަދު ވިދާޅުވީ އެއްބަސްވުން ބާތިލުކޮށް އެއަރޕޯރޓް އަތުލާނަމަ ބަދަލެެއްގެ ގޮތުގައި 700 މިލިޔަން ޑޮލަރު ދޭންޖެހޭނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕެޓިޝަން މިއަދު ރައީސް ވަހީދުގެ އަތްޕުޅަށް އަރުވަނީ

ޖީއެމްއާރާއި ދެކޮޅަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަން ރައީސް ވަހީދައި މިއަދު ހަވާލު ކުރާނޭކަމުގައި ގައުމީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz