ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ނ.ލަންދޫ ފުރަވެރި ޙަފްޞީ ޢަބުދުﷲ އަށް ލިބިވަޑައިގެންފި

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ރޮނގުން ލިބިވަޑައިގެންނެވި، ޙަފްޞީ ޢަބްދުﷲ- ފޮޓޯ: ރައީސް އޮފީސް
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ރޮނގުން ލިބިވަޑައިގެންނެވި، ޙަފްޞީ ޢަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، މަޢުލޫމާތު ފެތުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ރޮނގުން ނ.ލަންދޫ ފުރަވެރި ޙަފްޞީ ޢަބުދުﷲ އަށް ލިބިވަޑައިގެންފިއެވެ.

ޙަފްޞީއަށް މިއިނާމް ލިބުނީ ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އިނާމާއި، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ރޭގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުން ޙަފްޞީއަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ޤައުމީ އިނާމް ޙަފްޞީއަށް ލިބުނުއިރު އޭނަވަނީ ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އެވޯޑްވެސް ޙާޞިލް ކުރައްވާފައެވެ. މިދިޔައަހަރު ( 2015 ) ގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޙަފްސީއަށް މި އެވޯޑު ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

ޙަފްޞީއަކީ ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ގިނަދުވަހު މަސައްކަތްކުރައްވާފައިވާ އަދި މިހާރުވެސް އެދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހިވާގި ޒުވާނެކެވެ. އޭނައަކީ ލިޔުންތެރިކަމުގެ ފަންނުގައިވެސް ކުރިއަރަމުން އަންނަ ނޫސްވެރިއެކެވެ. ލަންދޫއިންފޯއަށް އޭނާވަނީ އަގުހުރި ލިޔުންތަކެއް ލިޔެދެއްވާފައެވެ.

ވަޒީފާގެ ގޮތުން އުފުލަން ޖެހޭ ޒިންމާތަކުގެ ސަބަބުން ބިޒީވުމުން މިހާރު ލަންދޫއިންފޯއިން ޙަފްޞީގެ ލިޔުންތައް ނުފެނުނު ކަމުގައި ވިޔަސް ޙަފްޞީއަކީ ލަންދޫއިންފޯއަށާއި، ލަންދޫއިންފޯ އިސްނަގައިގެން ކުރިއަށްގެންދާ ގިނަ ޕްރޮގްރާމްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތަކެވެ. ހަފްޞީގެ ޚިދުމަތްތައް ލަންދޫއިންފޯއިން ބަލައިގަންނަނީ އުފަލާއެކުގައެވެ.

ޙަފްޞީއަށް މިލިބުނު ފަޚުވެރިވެރި އިނާމާއި، މަޤާމް ގެ ސަބަބުން ލަންދޫއަށް ލިބުނު ފަޚުވެރިވި ރީނަމަށްޓަކައި ލަންދޫގެ އެންމެހައި ރައްޔިތުންނާއި، ލަންދޫއިންފޯގެ ޓީމްގެ ނަމުގައި ޙަފްޞީއަށް މަރުޙަބާއާއި ޝުކުރު އަދާކުރަމެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙަފްޞީއަށް ލިބިފައިވާއިރު މިއިނާމުވަނީ ޙަފްޞީއާއިއެކު 20 ބޭފުޅަކަށާއި 2 ޖަމްޢިއްޔާއަކަށް ލިބިވަޑައިގެންފައެވެ. މިއިނާމުތައް ވެސް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ރޭގެ ޖަލްސާގައި ޙަފްޞީގެ އިތުރުން މި އިނާމް ލިބިވަޑައިގެންނެވި ފަރާތްތަކަކީ:

 

  1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ދާއިރާއިން:

އަލްޙާފިޡާ ޞަފިއްޔާ އަޙްމަދު ފ. ނިލަންދޫ އަމާޒު

  1. އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ރޮނގުން:

އައްޝައިޚު އިބްރާހީމް އަޙްމަދު ފ. ނިލަންދޫ ބިއްދޮށުގެ

  1. ތަޢުލީމީ ދާއިރާއިން، ތަޢުލީމީ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން:

އަލްފާޟިލް އަޙްމަދު ޢާޠިފް އއ. ފެރިދޫ ޝަބްނަމްގެ

  1. ޞިއްޙީ ދާއިރާއިން، ޢާންމު ޞިއްޙަތު ކުރިއެރުވުމާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:

ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު ގ. ހުދުކޮކާ

  1. އިޖުތިމާޢީ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން:

އަލްފާޟިލާ ފައުޒިއްޔާ މަޙްމޫދު ހުޅުމާލެ ފްލެޓް 03-3-91

  1. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:

އަލްފާޟިލް މުޙައްމަދު ޢަދީލް ގދ. ގައްދޫ ދުންމާރިގެ

  1. މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކިބާވަތްބާވަތުގެ އަތްތެރި މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން:

އަލްފާޟިލާ މަރްޔަމް ފާއިޒާ ގޮފި ގދ. ގައްދޫ

  1. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:

އަލްފާޟިލް އަޙްމަދު ޒާހިރު މުޙައްމަދު ގ. ނަންރީތިގެ

  1. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:

އަލްފާޟިލް އަޙްމަދު ޢަބީރު އިސްމާޢީލް ގ. ޕާރނިސް

  1. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

ޑޮކްޓަރ ޙުސައިން ޙަލީމް މ. ނީލޯފަރުމާގެ

  1. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

އަލްފާޟިލާ މުޢީނާ މުޙައްމަދު ހ. މިސްޓީނައިޓް

  1. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

އަލްފާޟިލް މުޙައްމަދު ޒިލާލް މ. ޖަޒީމާ

  1. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

އަލްފާޟިލް އަޙްމަދު އަކްރަމް މއ. މާންދޫގޭ ދެކުނުގެ

  1. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

ސާޖަންޓް އަޙްމަދު ޒުނޭޖް ހދ. ނޭކުރެންދޫ ރޯޒީވިލާ

  1. ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުމުގެ ރޮނގުން:

ކާނަލް ޢަބްދުލްމަތީން އަޙްމަދު މ. ލޮނުވެލި

  1. ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުމުގެ ރޮނގުން:

އަލްފާޟިލް ފަރުހާދު އިބްރާހީމް ހދ. ނޭކުރެންދޫ ވާރޭވިލާ

  1. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

އަލްފާޟިލާ މަރްޔަމް އުނޫޘާ ގ. ބެރުގެ

 

  1. އަންހެނުންގެ ދާއިރާއިން، އަންހެނުންގެ ތަރައްޤީއަށާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ރޮނގުން:

އަލްފާޟިލާ ރަޙީމާ އާދަމް މ. މާހިއާ

  1. ޒުވާނުންގެ ދާއިރާއިން، ދަރުމަޔަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން:

އަލްފާޟިލް ޙަސަން ޝިޔާމް ހއ. ހޯރަފުށީ އިރުދޭމާގެ

 

ޤައުމީ އިނާމު އެރުވުނު 2 ޖަމްޢިއްޔާއަކީ:

 

  1. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން:

ޖާރނީ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:

  1. ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz