ފޮޓޯ:ހިދާޔާ ސްކޫލު

ހިދާޔާ ސްކޫލުގެ ސަލާމަތީ ބަލަހައްޓަން އަލުން އިއުލާނުކޮށްފި

ނ.މިލަދޫ ހިދާޔާ ސްކޫލުގެ ސަލާމަތީ ބެލެހެއްޓުމަށް، މިދިޔަ ޑިސެމްބަރ 2017 ގައިކުރި އިޢުލާނާއިގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފިއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 4 ފެބުރުއަރީ 2018 (ބުދަ) ދުވަހުގެ 13:30 ގައި، އަދި އަންދާސީ ހިސާބު ހުށައެޅުން 22 ފެބުރުއަރީ 2018 (ބުރާސްފަތި) ދުވަހުގެ 13:30 ގައި އެސްކޫލުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަދި އަންދާސި ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ގެންނަންވެސް ޖެހެއެވެ. މިކަމަށްއެދި ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ  ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެސްކޫލްގެ ނަމްބަރު 6560572 ފޯނާއި ގުޅުއްވުން އެދެމެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

މިލަދޫ ސްކޫލްގެ ބެސްޓްއޯލްރައުންޑަށް 12،000 ރުފިޔާގެ ފައިސާގެ އިނާމެއް ކައުންސިލުންދީފި

ނ.މިލަދޫ ހިދާޔާ ސްކޫލްގެބެސްޓް އޯލްރައުންޑްގެ މަޤާމަށް 12،000ރ. ގެ ފައިސާގެ އިނާމެއް އެރަށު ކައުންސިލުން ދީފިއެވެ. މިއިނާމު އޭގެ ޙައްޤުވެރި …

ޚިޔާލެއްދެއްވާ

avatar