ހިއުމަން ރައިޓްސް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އުފައްދައި އެ މިނިސްޓްރީތަކުގެ މަސައްކަތް ފަށޭވަރު ވާނެ-ތަރުޖަމާން

ސަރުކާރުން އުފައްދަން ނިންމާފައިވާ ހިއުމަން ރައިޓްސް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އުފައްދައި އެ މިނިސްޓްރީތަކުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވީ އަލަށް އުފައްދާ ދެ މިނިސްޓްރީގެ މިނިސްޓަރުކަމަށް އައްޔަން ކުރައްވާ ބޭފުޅުން ކަނޑައެޅުއްވުމަށްޓަކައި ސަރުކާރުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އާ ދެ މިނިސްޓްރީ އުފެއްދުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސްކުރުމާއި ގުޅުގެން އުފެއްދުމަށް  މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތަށް އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ނަމަށް ބަދަލުކުރެވިގެންދާނެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar