"ސާސްކަފްގެ 17" ފޮތް ރައީސް ނެރެދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ އެކުލަވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީގެ މުއްދަތުހަމަވެ، އަލުން އެ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކުލަވައިލައްވައިފިއެވެ.

ކޮމިޓީގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާފަންނު އެމޭޒަން ޑޮކްޓަރ މަރްޔަމް ސުޒީ އާދަމާއި، މާލެ ވިލިނގިލީ އަކީލާ ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް އަދި މައްޗަންގޮޅީ ވިލާރޮދި އަލްފާޟިލާ ޢާއިޝަތު ޝާހީނާއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުން ކަމުގައި ރައީސް އޮފިހުން ހާމަކުރައްވައެވެ.

ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz