ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔަ މާފަރު ކައުންސިލްގެ މެމްބަރ އަދިވެސް ހުރީ ފުލުހުންގެބެލުމުގެ ދަށުގައި.

މާރޗް 1 ގައި އެމްޑީޕީގެ ފަރާތުން ބޭއްވި އިޙްތިޖާޖްގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ މެމްބަރުންގެ ގެތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ ނ.މާފަރު ކައުންސިލްގެ މެމްބަރ އަޙްމަދު ޝަރީފް އަދިވެސް ދޫކޮށްނުލައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ޚަބަރުލިބިއްޖެއެވެ.

މިކަންވަނީ މާފަރު ކައުންސިލްއިދާރާގެ އިސްއޮފިޝަލަކުވެސް ކަށަވަރުކޮށްދީފައެވެ. ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އަޙްމަދު ޝަރީފް ފުލުހުންގެ ބެލުމުގެދަށަށްގެންގޮސްފައިވަނީ އެދުވަހު ފުލުހުންގެ ތެރޭގައި އުޅުނު ފުލުހެއްގެ ސައިކަލްގައި ބަޔަކުރޯކޮށްލި މައްސަލައިގާ ކަމަށެވެ.

އަދި އޭނާ ހައްޔަރުކުރީ މޫނު ނިވާކޮށްގެން ތިބިބަޔަކު ފުލުހުންގެމީހަކަށް ވަރަށްބޮޑަށް އަނިޔާކޮށް އެފުލުސްމީހާ ދުއްވަން އިންސައިކަލްގައި ރޯކޮށްލިއިރު އެތާތިބި މީހުންގެ ތެރޭގައި އަހްމަދު ޝަރީފުވެސް ހިމެނިގެން ވާތީކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަޙްމަދު ޝަރީފަކީ މާފަރު ކައުންސިލްގައި އެމްޑީޕީ ތަމްޞީލް ކުރާ މެމްބަރެކެވެ.

ފުލުހުންބުނެފައިވަނީ އެދުވަހު ހައްޔަރު ކުރިމީހުންގެ ތެރެއިން ގިނަބަޔަކުގެ ޔޫރިންޓެސްޓް ކުރިއިރު ޑްރަގްގެ ބާވަތަކަށް ޕޮޒިޓިވްވާކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz