ހައްދެނެތް ގޮތަށް ހަބަރު ފަތުރަމުންދާއިރުވެސް ބޮރޮޑްކާސްޓިން ކޮމިޝަން އޮތީ ހަމަހިމޭނުން: ރައީސް

މީޑިޔާގެ ބޭނުން ނަހަމަ ގޮތުގަހިފައި ބައެެއް މީޑިޔާގެ ކަންކަން ހައްދު ފަހަނައަޅާ ގޮސްފައިވަނީ ދައުލަތާއި، ސިފައިންނާއި ދެކޮޅަށް ހަމަލާދިނުމަށް ޓީވީ ސްޓޭޝަނެއް މެދުވެރިކޮށް ހިއްވަރުދޭ ފަރާތްތަކާއި މެދު ބޮރޮޑްކާސްޓިން ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅު ނޭޅުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ވެރިކަން ބަދަލުވީއްސުރެ އެމްޑީޕީގެ ހަބަރު ފެތުރުމަށް އުފައްދާފައިވާ ރާއްޖެ ޓީވީން އެއްވެސް ހައްދެއްނެތި ފަތުރަމުންދާ ހަބަރުތަކަށް އިޝާރާތް ކުރައްވައި ވީޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، މިއަދު މިދަރަޖައަށް ދާންޖެހުނީ ބްރޮޑްކާސްޓިންގ މީޑިޔާގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ބޮރޮޑްކާސްޓިން ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅު ނޭޅުމުންކަމަށެވެ. އެއްވެސް ހައްދެއްނެތި ދައުލަތާއި ސިފައިންނާއި، ފުލުހުންނާއި ގުޅޭގޮތުން ކެނޑިނޭޅި ދޮގުޚަބަރުތައް ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، މީހުން މަރަން ގޮވަމުންދާއިރުވެސް އެފަދަ ޓީވީއަކާއި ދެކޮޅަށް ފިޔަވަޅު ނޭޅޭކަމީ އެފަރާތްތަކުގެ ޒިންމާ އަދާނުކުރެވޭ ކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނަޝީދަށް ވެރިކަން ހޯދައި ދިނުމަށް އެމްޑީޕީން އުފައްދާފައިވާ ރާ ޓީވީން ލައިވްކޮށް ދައްކަމުންދާ ޕްރޮގުރާމް ތަކުގައި ކަނޑައެޅިގެން ފުލުުހުންނަށް ހަމަލާ ދިނުމަށާއި، ދައުލަތުގެ ވެރިންނާއި، ގައުމުގެ އަމަން ބަލަހައްޓަން ތިއްބެވި ފަރާތްތަކަކީ ބާޣީންކަމަށްބުނެ އެފަރާތްތައް މަރައި ދަންޖައްސަން ގޮވާލަމުންދާ މަންޒަރާއި އަޑުތައް ފޮނުވަމުންދާއިރުވެސް މިކަމަށް ފިޔަވަޅު ނާޅާކަމީ މިއަދު ކަންބޮޑުވާންޖެހޭ ވަރުގެ މައްސަލައެއްކަން ދައުލަތުގެ ގިނަ މުއައްސަސާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ރޭ ރާ ޓީވީން އުސްފަސްގަނޑުން ލައިވްކުރި އެމްޑީޕީގެ ބައްދަލުވުމުގައި ހިންނަވަރު މާހިރާއި ރީކޯ މޫސަ ފަދަ ފަރާތްތަކުންވަނީ ފާޅުގައި ހަތިޔާރު ހިފައިގެން ގޮސް ފުލުހުންނަށް ހަމަލާ ދިނުމަށާއި ހަމަލާދޭނެ ކަމަށް ގޮވާލާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz