ހައްދުފަހަނަ އަޅާފައިވާ އިސްރާޢީލުގެ ބޮޑުބައެއްގައި ރޯވެ އަދަމުންދަނީ (ﷲ އަކްބަރު)

ހައްދު ފަހަނަ އަޅާފައިވާ އިސްރާޢީލުގެ ބޮޑުބައެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އަލިފާން ހިފާފައިވަނީ އިސްރާޢީލުގެ އެކި ސަރަޙައްދުތަކުގައެވެ. ނަމަވެސް މީގެން އެއްވެސް އަލިފާންގަނޑެއް ކޮންޓްރޯލް ކުރުމަށް އިސްރާޢީލްގެ ހައްދު ފަހަނަ އަޅާފައިވާ ސިފައިންނާއި އަލިފާން ނިއްވުމަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ނުކުޅެދިފައެވެ.

މިހާތަނަށް އިސްރާޢީލުގެ ބޮޑުބައެއްގައި އަލިފާންގަނޑު ފެތުރިފާވާއިރު 55 މީހުން މަރުވެފައިވާކަމަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނެއެވެ. އަލިފާންގަނޑު އިތުރަށް ފެތުރިގެން ހިނގައިދާނެކަމަށް ބިރުހީވެފައިވާއިރު އަލިފާންގަނޑާއި ކައިރި ސަރަޙައްދުތަކުގައި ތިބި އެތައް ހާސް ބަޔަކުވަނީ ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށާފައެވެ.

އިސްރާއީލުގެ އުތުރާއި މެދުތެރޭގައި އަނދަމުންދާ ބޮޑު އަލިފާންގަނޑު ނިއްވާލުމުގައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީއަށްއެދި އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ދުނިޔޭގެ ގައުމުތަކަށް ވަނީ އާދޭސް ކުރަން ފަށާފައެވެ.

ދުމުގެ އަސަރުކޮށްގެން މިހާތަނަށް 32 މީހަކަށް ފަރުވާދީފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އިސްރާޢީލުގެ ސިފައިންވަނީ މިއީ ބަޔަކު ޤަސްތުގައި ކުރިކަމެއްކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިހާތަނަށް މިކަމާއި ގުޅިގެން 4 މީހަކާއި ސުވާލުކޮށްފައިވާކަމަށްވެސް ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނެއެވެ.

އިސްރާޢީލުގެ ހައްދު ފަހަނައެޅި ސިފައިން މިފަދައިން ތުހުމަތު ކޮށްފައިވީނަމަވެސް ސޯޝަލް މީޑިޔާއެއްކަމަށްވާ ފޭސްބުކްގައިވަނީ މިކަމުގެ ޙަޤީޤަތް އެކުލެވޭ ވީޑިޔޯއެއް ޢާންމުވެފައެވެ. މި ވީޑިޔޯއިން ފެންނަ ގޮތުގައި އުސްކޮށް ހުރި ޢިމާރާތެއްކަހަލަ އެއްޗެއް ގޮވާ މަންޒަރުފެނެއެވެ. އަދި މުޅިތަނަށް އަލިފާންގަނޑު ފެތުރިގެންދާތަންވެސް ފެނެއެވެ.

ފޭސްބުކް ވީޑިޔޯ ބަލާލުމަށް

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

ޚިޔާލެއްދެއްވާ

avatar