ހައިމާކްގެ ހޮޅިއެއް ފަޅައިގެން ދިއުމުން މަސައްކަތްމެދުކެނޑިއްޖެ.

އިއްޔެގެ ހާދިސާގައި ހައިމާކުގެ ހޮޅި ފަޅައިގެން ގޮސް ތެޔޮތައް ބޭރުވަނީ / ފޮޓޯ : ލައިބް

ނ.އަތޮޅުގެ ރިޒޯޓެއް ކަމުގައިވާ ފުށިވެލަވަރު ރިޒޯޓާއި، ނ.ލަންދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ލަންދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެމަސައްކަތުގައި ބޭނުންކުރަމުންއައި އެކްސް ކަވޭޓަރގެ ހޮޅިއެއް ފަޅައިގެން ގޮސް ތެޔޮލީކް ވާންފެށުމުން މަސައްކަތް ހުޓާލައިފިއެވެ.

މަންޒަރު ދުށްމީހަކު ލަންދޫއިންފޯއަށް މަޢުލޫމާތު ދިންގޮތުގައި ހޮޅިފަޅައިގެންދިޔައީ ވަރަށްދިގު ރުކެއް ނަގަން އުޅުމުގެ ތެރޭގައި ރުކުގެ މެދާހިސާބުން ބިިންދައިގެން ދިޔުމުގެ ތެރޭގައެވެ. “ރުއް ބިންދައިގެން ގޮސް ރުކުގެ ތިރީބައިން އޭތީގެ ތެޔޮހޮޅިއެއްގައި ޖެހިފައި ފަޅައިގެން ދިޔައީ” މަޢުލޫމާތު ދިންމީހާ ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށާއި، އެތާ ކައިރީގައި އެވަގުތު ގިނަ ޢަދަދެއްގެ މީހުން ތިބިކަމަށްވެސް މަންޒަރު ދުށްމީހުން ބުނެއެވެ.

ލަންދޫ ކައުންސިލް އިދާރާއިން ވެސް މިކަންވަނީ ލަންދޫއިންފޯއަށް ކަށަވަރު ކޮށްދީފައެވެ. އެކައުންސިލް ގެ އިސް އޮފިޝަލަކު ވިދާޅުވީ އިއްޔެ މިކަން ދިމާވުމުން މިހާރު މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައިވީނަމަވެސް މިއަދުގެ ވަގުތެއްގައި ރިޒޯޓުން ތަކެތިގެނެެސްގެން މަރާމާތު ކުރާނެކަމަށެވެ. އަދި މަރާމަތު ކުރުމަށްފަހު ހަމަކުރިއެކޭވެސް އެއްގޮތަށް ބާރުސްޕީޑްގައި މަސައްކަތް ކުރަމުންދާނެކަމަށެވެ.

ކައުންސިލް އިދާރާއިން ލަފާކުރައްވާ ގޮތުގައި މިމަސައްކަތަކަށް މަދުވެގެން މަސްދުވަސް ނަގާނެއެވެ. 4 ދުވަހުގެ މަސައްކަތުންވެސް މިހާރުވަނީ ވަރަށް ގިނަރުއްނަގާ ބިންއެއްވަރު ކޮށްފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

115 މިލިއަން ރުފިޔާ ނޮޅިވަރަމުގެ ތަރައްޤީއަށް މިސަރުކާރުން ޚަރަދު ކުރައްވާފައިވާނެ – ރައީސް

ނޮޅިވަރަމަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ މުހިންމު ރަށެއްކަމަށާ، މިސަރުކާރުގެ ހަތަރު އަހަރާއި ބައިގެ މުއްދަތުގެތެރޭގައި 115 މިލިއަން ރުފިޔާ …

ޚިޔާލެއްދެއްވާ

avatar
ބަބުރު
ބަބުރު

އޭ މިހާރު މަރާމާތުކޮށް ނިމިއްޖެ. ދުއްވަން ފަށައިފި. މަސައްކަތްވެސް ފަށައި.

އަބްދުﷲ އިބްރާހީމް

ނަސީބެއްނު ނަގިއްޔަކުން ޖެހިފަ ފަޅައިގެން ނުދިޔަކަން…

Mohamma
Mohamma

ހާދަ ފައްކަލޭދޯ ! ހާދަ ހުޝިޔާރު ކެމެރާމަނުންވެސް މިހާރު ލަންދޫގައި އެބަތިއްބޭ ދޯ ! މަރުޙަބާ ލައިބު ، ޝުކުރިއްޔާ ލަންދޫ އިންފޯ !