ހަބޭސް 3 ގެ ބޮޑު ޖަލްސާ ރޭ ބާއްވައިފި.

ސަރުކާރަށް ތިން އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އިވެންޓް ކަމުގައިވާ ހަބޭސް 3 ގެ ބޮޑުޖަލްސާ ރޭ ބާއްވައިފިއެވެ. ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާގައި ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުންނާއި އާންމުން ބައިވެރިވެފައިވެ އެވެ.

ރޭ ބޭއްވި ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއިރު، ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ. މި ޖަލްސާގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަންތަކެއް ވެސް ދައްކާފައިވެ އެވެ. އޭގެއިތުރުން ރައީސް ޔާމީން ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭ ގޮތުން ހަދާފައިވާ ލަވަ އަލްބަމެއް ވެސް ނެރެފައިވެ އެވެ. އެ އަލްބަމް ނެރެދެއްވީ ރައީސް ޔާމީނެވެ.

ހަބޭސް 3 ގެ ބޮޑުޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސްއޮފީސް
ހަބޭސް 3 ގެ ބޮޑުޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސްއޮފީސް

ރޭގެ ޖަލްސާގައި ބައެއް މިނިސްޓަރުން ނާއި ކުންފުނި ތަކުގެ ވެރިން ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް އާއި މިނިސްޓަރު މޫސާ ޒަމީރު އަދި ޕީޕީ އެމްގެ ނައިބް ލީޑާރ ޢަބުދުއްރަހީމް ޢަބުދުﷲ ގެ އިތުރުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވާހަކަ ފުޅު ދެއްކެވިއެވެ.

މި ހުރިހާ ބޭފުޅުންވެސް ވަނީ ސަރުކާރުން ވޭތުވެދިޔަ 3 އަހަރު ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ވަރަށް ފުރިހަމައަށް ވާހަކަ ދައްކަވާފައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި ގައުމު ރައީސް ޔާމީނަށް ދަރާފައިވާ ކަމަށާއި އެފަދަ ބޮޑެތި ތަރައްގީތައް ގެނެސްދެމުން އަންނަ ކަމަށެވެ. ގައުމަށް ތަރައްގީ ހޯދުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުގައި އެހީވެ އެއްބާރުލުން ދިނުމަކީ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ސަރުކާރުން ޒުވާނުންނަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު ރައީސް ޔާމީނަކީ ޒުވާނުން ބަލައިގަންނަ ލީޑަރެއް ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ކުޅިވަރަށް ގާނޫނީ ބާރުވެރިކަން ގެނެސްދީފައި ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ ތިން އަހަރަކީ އިންގިލާބީ ތިން އަހަރުކަމަށާއި، ރައީސް ޔާމީން ފައްޓަވާފައިވާ ބޮޑެތި ހިދުމަތްތަކަކީ ދެން ވެރިކަމަށް ވަޑައިގަންނަވާ ފަރާތަކަށް ވެސް ދޭން މަޖުބޫރުވާނެ ހިދުމަތްތަކެއް ކަމަށެވެ. މިހާރު ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށާއި، އެންމެ ރަނގަޅު އިންވެސްޓްމެންޓް ކްލައިމެޓެއް އޮތީ ވެސް ރާއްޖޭގައި ކަމަށެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އިކްރާމް ވިދާޅުވީ މިއަދު ޤައުމަށް މިއަންނަ ތަރައްޤީގެ ބަދަލު މަންޒަރުންނާއި އަޑުން މިއަދު މިދަނީ ރައްޔިތުންނަށް ފެންނަމުންކަމަށެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ އިވެންޓް ތަކުގެ ތެރެއިން މާދަމާރޭ އޮންނާނީ މިއުޒިކް ޝޯވ އެއްކަމަށް ސަރުކާރުންވަނީ އިޢުލާން ކުރައްވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz